
އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވެފައިވާ ކަންކަމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އެ މަޝްރޫއަކީ ޔަހޫދީން ރާއްޖެއަށް ގެނައުމަށް ހިންގާ ހީލަތްތެރި ރޭވުމެއްކަމަށް ވިދާޅުވެ މަޓޭ ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ އަސްލަކީ ރަސްމާލެ މަޝްރޫއު ކަމަށާ، އެ މަޝްރޫއުގެ އަސްލަކީ މި ގައުމާ ހަވާލުވެ ހުންނެވި ނާގާބިލު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މައުރޫފް ވިދާޅުވީ، ދައުލަތަށް ލިބޭހާ ޑޮލަރެއް ހުސްކުރަމުންދަނީ ރަސްމާލެ ހިއްކަން ކަމަށްވާތީ، ރައްޔިތުން ޑޮލަރަށް ޖެހި ކާބޯތަކެތީގެ އަގު އުފުލިގެންދަނީ ރަސްމާލޭގެ މަޝްރޫއުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލޫޝަން ގެނެސްދޭނެ ކަމަށް ބުނެ ރަސްމާލެ ހިއްކާއިރު، ބ. އަތޮޅު ކެންދޫގެ މިސްކިތުގެ މަސައްކަތް ކިހާދޫގެ ނަރުދަމާ، ދޮންފަނުގެ ނަރުދަމާ އަދި ކުޑަރިކިލުގެ ނަރުދަމާ ހުރީ ހުއްޓިފައިކަން މަޓޭ ފާހަގަކުރެއްވިއެވެ.
އެ ވަރުގެ މުހިންމު ތަނަކަށް ވާއިރު، އެތަން ހިއްކާފައި ވިއްކާލީ ރިޔާސީ އިންތިހާބަށް ކަޓު ނަގާ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ވެސް މަޓޭ ވަނީ މިއަދު ތުހުމަތުކުރައްވާފައެވެ.
އެކަމަށް ޖާގައެއް ނުދެވޭނެ ކަމަށް ވިދާޅުވެ މަޓޭ ވިދާޅުވީ، ތަކުރާރުކޮށް ވެސް ދަންނަވާލަން އޮތީ، އެއީ ޔަހޫދީން ރާއްޖެއަށް ގެނައުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށެވެ.




