
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން އިން މިކަން މިއަދު އާންމުކުރިއިރު، އެންމެފަހުން ފަހުމީ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއްގައެވެ.
ފަހުމީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ، މި ސަރުކާރުގެ ވެރިކަން ފެށުނުތަނާހެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭރުވެސް އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ ސްޓެލްކޯ ގައެވެ. ފަހުމީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރީ 2025 ސެޕްޓެމްބަރު 7 ގައެވެ.
އަދި ޖެހިގެން އައި ސެޕްޓެމްބަރު 8 ގައި، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ފަހުމީ އައްޔަނުކުރި އެވެ.




