
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ހުޅުވި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗް އިން ބުނީ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކުރީ މަރާމާތު ކުރުމަށް ވަގުތީ ގޮތުން ކަމަށެވެ.
އަދި އެ ސެންޓަރު ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެ ސެންޓަރުން ދެމުން ގެންދާ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އައިޖީއެމްއެޗްގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައި ބާއިރު، ވެކްސިން ޖެހުމުގެ ހިދުމަތް ވެސް ދަމަނަވެއްޓަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އައިޖީއެމްއެޗް އިން މައުލޫމާތު ދެއެވެ.




