ކުޅުއްފުށިން ގެއްލުނުމީހާ ހޯދުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: މީސްމީޑިއާ
ކުޅުދުއްފުށިން ގެއްލިގެން ހޯދި މީހާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ޖުނާން އަޙުމަދު 15 އޭޕްރީލް 2026 (ބުދަ)   17:14
ކުޅުދުއްފުށިން މިއަދު ގެއްލިގެން ހޯދަމުންދިޔަ 58 އަހަރުގެ ސުލެއިމާނު ހުސެއިން ބަނޑިފަސްގަނޑުގެ، ހދ.ކުޅުދުއްފުށި މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ސުލައިމާނު މޫދުގައި މަރުވެފައިވާ އޮއްވާ ފެނުނީ، އެރަށު "ބޮޑަވަކި އަތިރި" ސަރަހައްދު މޫދު އަޑިން މިއަދު 15:00 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 13:48 އެހާކަށްހާއިރު ކަމަށާ، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް ފެނިފައިވަނީ 15:00 އެހާއިރު ކަމަށެވެ.

އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް، ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް