
ފަސް ދާއިރާއެއްގައި މިއަދު ދެވަނަ ބުރު ބާއްވާފައި ވާއިރު، ލޯކަލްކައުންސިލް ވޯޓު ނަގާފައިވަނީ، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ނެގި ވޯޓެވެ.
އޭގެ ތެރެއިން ކައުންސިލުގެ ދެ ގޮނޑިއަށް ބަލާއިރު، އެމްޑީޕީގެ ކެނޑިޑޭޓަކު ދޮންފަނުގެ ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ފުވައްމުލަކު ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީއެންއެފްގެ ކެންޑިޑޭޓެކެވެ. އެއީ އެމްޑީޕީން ތާއީދުކުރި ކެނޑިޑޭޓެއް ކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދިޔައީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، ހދ. ނޭކުރެންދޫގެ އިތުރުން ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަގާމަށެވެ. އެ 3 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވަނީ ވަރަށް ކުޑަ ތަފާތަކުންކަން ފާހަގަކޮށްލެވެއެވެ.
މި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ވޯޓު ފޮއްޓެއް ބަހައްޓާފައި ވެއެވެ. އަދި މި އިންތިހާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރކޮށްފައި ވަނީ 6093 މީހުންނެވެ.




