
އެމްއެންޑީފުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ގޭގައި އަލިފާން ރޯވެއްޖެ ކަމުގެ މައުލޫމާތު، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ ރޭ ދަންވަރު 1:50 ހާއިރުއެވެ.
އެވަގުތުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ މެންދަމު 2:25 ހާއިރުއެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އަލިފާނުގެ އެ ހާދިސާގައި އެގޭ ކޮޓަރިއެއްގައި ހުރި ސާމާނުތައް އެއްކޮށް ހުރީ އަނދާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.




