
1.1 ބިލިޔަން ރުޕީސްގެ އަގުހުރި، 110 ކިލޯގެ އެ މަސްތުވާތަކެއްޗާއެކު އެމީހުން ހައްޔަރުކޮށްފައި ވަނީ، ހަތަރު ދުވަހުގެ މުއްދަތަށް ތައިލެންޑަށް ޗުއްޓީއަކަށް ދިޔުމަށްފަހު އެނބުރި ލަންކާއަށް އައިތަނުންނެވެ. އެ މީހުން އަތުން ފެނިފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ހަޝިޝް" އާއި "ކުޝް" އެވެ.
ކޮންމެ ފާދިރީއެއްގެ ދަބަހުގެ ފުލުގައި މި ތަކެތި ފޮރުވާފައި ހުރިއިރު އެކަން ފާހަގަވީ ދަބަސްތަކުގައި ހުރި ތަކެއްޗާ އަޅާބަލާއިރު، އެ ދަބަސްތައް މާބޮޑަށް ބަރުވާކަން ފާހަގަވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ހާމުދުރުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށްވާއިރު، އެ މީހުން ޗުއްޓީއަށް ދިޔައީ އެ ގައުމުގެ ވިޔަފާރިވެރިންތަކެއް އެމީހުންނަށް ފަންޑުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
ލަންކާ ކަސްޓަމްސްގެ އޮފިޝަލުން ބުނީ، މިއީ ލަންކާގެ މައި ބައިނަލްއަގުވާމީ އެއާޕޯޓުން "ކުޝް" ނަމަކަށް ކިޔާ ބާވަތުގެ މަސްތުވާތަކެއްތި އެއްފަހަރާ އެންގެ ގިނައިން ފެނުނު ފަހަރު ކަމަށެވެ.




