
މިފަދައިން ވިދާޅުވެ ޝާހިދު އެކްސްގައި ޕޯސްޓުކުރައްވަމުން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ މިވަނީ 108 ވަނައަށް ވެއްޓި، ހާމަކަން ބޮޑު ދެފުއްފެންނަ ގޮތަކަށް (ސަރުކާރުން) ކަންކަން ކުރުމުގެ ބަދަލުގައި، ރާއްޖެ މިވަނީ ބިރުދެއްކުމާއެކު ކުރިއަށްދާ ސަރުކާރެއްގެ ދަށުގައި ކަމަށެވެ.
މީޑިއާގެ ހަރުކަށި ގާނޫނުތަކުގެ ބޭނުން ހިއްޕަވައިގެން، ނޫސް އިދާރާތަކާ ދެކޮޅަށް، ފުލުހުން ފިޔަވަޅު އެޅުމުގެ ތެރެއިން މި ވެރިކަމުގައި މިވަނީ ޖަވާބުދާރީވުމަށްވުރެ ބިރުވެރިކަން އިހްތިޔާރުކޮށްފައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ، ނޫސްވެރިންނަށް ބިރުދެއްކުމާއި، ޖެއްސުންކުރުމާއި، ނޫސްވެރިން ކުށްވެރިކުރުން ވަގުތުން ނިމުމަކަށް ގެނައުމަށް އެދިވަޑައިގެން، މީޑިއާތަކާމެދުގައި، ފުރިހަމަ އެއްބައިވަންތަކަމާއެކު ތިބެ އަޅުގަނޑުމެން ކުރިއަށްދިޔުމަށް ގޮވާލައްވަމުންނެވެ.




