
ފުލުހުން ބުނީ، ހުޅުމާލޭ ނިރޮޅުމަގުގެ ހަތްތެރި މާޓް ކައިރިން ތެޔޮ ބައުޒަރަކާއި ސައިކަލެއް އެކްސިޑެންޓް ވެފައިވާ ކަމަށް ރޭ 22:21 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަަކަށް ކަމަށާ، އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންކަމަށް އެ އިދާރާއިން ހާމަކުރާއިރު، މި އަހަރުގެ މިހާތަނަށް 1,320 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.




