
މި އިންތިހާބުގައި ނަޝީދުއާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖައަށް ބަލާއިރު ނަޝީދު އަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީން ކުރެވެއެވެ.
ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓި މި އިންތިހާބުގައި ވޯޓު ފޮށިތަކުގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ ގުނައި ވަގުތީ ނަތީޖާ އިއުލާން ކޮށްފައެވެ.
މިހާތަނަށް ގުނާފައިވާ 125 ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު ނަޝީދަށް 7837 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް އަދި ލިބިވަޑައިގަތީ 3826 ވޯޓެވެ.
ދެބައިކުޅަ އެއްބައި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު 4011 ވޯޓުގެ ތަފާތުން ކުރީގައި އުޅެނީ ނަޝީދު އެވެ.




