އައްޑޫސިޓީ، މަރަދޫ ފޭދޫ - ފޮޓޯ: ސޯޝަލް މީޑިއާ
އަނެއްކާވެސް މަސްތުވާތަކެތީގެ ކެފޭއެއް ބަންދުކުރުމުގެ އަމުރެއް
މިއީ އައްޑޫސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު މިފަދަ ފުރަތަމަ އަމުރު
ޖުނާން އަޙުމަދު 16 ޖޫން 2026 (އަންގާރަ)   17:14
ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި އައްޑޫ ސިޓީގެ ގެއެއް ބަންދުކުރުމުގެ އަމުރެއް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.

ސ.މަރަދޫފޭދޫ, އުއްމީދުގެ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވާތީ އެކަން ހާމަކޮށް ފުލުހުން ބުނީ މި އަމުރަކީ އިއްޔެއިން ފެށިގެން 90 ދުވަހަށް ު ނެރެފައިވާ އަމުރެއްކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު އެ އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ކަމަށް ބުނެ އެ ފަދަ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަމަށް ވާއިރު، މިފަދަ އަމުރެއް ރާއްޖޭގައި ފުރަތަމަ ނެރެފައި ވަނީ، މިދިޔަ މެއި މަހުގެ ކުރީކޮޅުއެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނު މި އަމުރު ނެރެފައިވަނީ ކ.މާލެ/ހ.ގުންޒަރު ބަންދުކުރުމަށެވެ.

އެ ތަން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.

މިގޮތަށް ބަންދުކުރާ ތަންތަނަށް ކޯޓު އަމުރު ނެރެފައިވާ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށަކަށް ވާއިރު، އެތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް