
ހުސެއިން ޝިފާއު 109 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށްވާއިރު، އޭނާގެ މައްޗަށް އިއްވާފައިވާ އެ ހުކުމް އިސްތިއުނާފު ކޮށްފައިވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ހައިކޯޓުގައި ރަޖިސްޓްރީން ދައްކާ ގޮތުގައި އޭނާއާ ގުޅުންހުރި 23 މައްސަލައެއް މިހާރު އޮތީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.
ޕީޖީ (ޕްރޮސިކިއުޓާ ޖެނެރަލް) ގެ އޮފީހުން ޝިފާއުގެ މައްޗަށް, ކޮށްފައިވާ ޖުމުލަ 23 ދައުވާއެއް ސާބިތުވެފައިވާއިރު، އެ މައްސަލަތަކަށް ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރުކަމަށް ވަނީ ނިންމާފައެވެ.
އަދި މީގެ އިތުރުން އޭނާ ހަތް މިލިޔަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައި ވާއިރު، އެ މައްސަލަތަކުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެން ނަމަވެސް މައްސަލަތައް ތާވަލުކުރާނެ ވަކި ތާރީހެއް އަދި އެނގިފައެއް ނުވެއެވެ.




