ހުޅުމާލެ.--
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ހެނދުނު ކަރަންޓް ކެނޑިދާނެ - ސްޓެލްކޯ
މަރްޔަމް މުޙައްމަދު 17 ޖުލައި 2026 (ހުކުރު)   00:53
މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކަނޑާލައިގެން ކުރަންޖެހޭ ޑިސްޓްރިބިއުޝަން ނެޓްވަރކްގެ މަސައްކަތެއް ހުކުރު ދުވަހު ހެނދުނު ކޮންމެހެން ކުރަންޖެހޭތީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެގޮތުން ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި ސްޓެލްކޯއިން ފާހަގަކޮށްފައި ވަނީ، ހުޅުމާލޭގެ ނެއިބަރހުޑް އެކެއް އަދި ދޭކެވެ.

ކޮމެންޓް