
މޭޔަރު، ނިޒާރު މިކަމަށް ގޮވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ ފެނަކައަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ރައްޔިތުން ވަޒީފާއިން ވަކިކުރުމަކީ އެތަކެއް އާއިލާއެއް ބިކަވެ، އައްޑޫގެ އިގުތިސާދަށް ބޮޑެތި ގެއްލުނެ ލިބޭނެ ނިންމުމެއް ކަމަށާ، އެ މުވައްޒަފުން ވަކިކުރީ ސީދާ އެ މީހުންގެ ސިޔާސީ ފިކުރަށް ބަލައިގެންކަން ޔަގީން ކުރެވޭ ކަމަށެވެ.
"މި އަނިޔާ އާއި ތަފާތުކުރުމާއި ދެކޮޅު ހަދަންޖެހޭ، އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމާއި ރައްޔިތުންނަށް އަނިޔާވެރިވުމާއި އަދި އޮޅުވައިލުން އިތުރުކޮށްފައިވުމާ އެކުއައްޑޫ ސިޓީގެ ރައްޔިތުން ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅަށް ގާނޫނުއަސާސީން ކަށަވަރުވާ ހައްގުތަކުގެ ތެރެއިންނާއި ގާނޫނީ އިންތަކުގެ ތެރެއިން އިހުތިޖާޖަށް ނިކުތުމަށް ގޮވައިލަން،" – މޭޔަރު ނިޒާރު
އަދި މުޒާހަރާއަށް ނުކުންނަ ރައްޔިތުންނާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ވިދާޅުވެ، ރައްޔިތުން މުޒާހަރާ ކުރުމަށް މޭޔަރު ނިޒާރު ހިތްވަރު ދެއްވާފައި ވާއިރު، ބިންތައް އަތުލާ ބިލާ ދެކޮޅަށް މުޅި ރާއްޖޭގެ ހުރިހާ ކައުންސިލެއް ގުޅިގެން އިހުތިޖާޖު ކުރަން މާލެ ސިޓީ ކައުންސިލުން ވެސް ނިންމާފައި ވާކަން ފާހަގަކޮށްލެވެއެވެ.




