އައްޑޫ ފެނަކައިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
އައްޑޫ ފެނަކައިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި މުޒާހަރާކުރަން ފަށައިފި
ހިޝާމް ހާރޫން 27 އޯގަސްޓް 2026 (ބުރާސްފަތި)   15:32
ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ބްރާންޗްގައި މަސައްކަތްކުރާ އެ ކޯޕަރޭޝަންގެ 189 މުވައްޒަފުން ކުއްލިގޮތަކަށް ވަކިކުރުމާ ދެކޮޅަށް ހިތަދޫ ފެނަކަ އޮފީސް ކުރިމަތީގައި މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.

ދުރާލާ އެއްވެސް އިންޒާރެއް ދިނުމަކާ ވެސް ނުލާ ކުއްލި ގޮތަކަށް އައްޑޫ ފެނަކައިގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އެ ކުންފުނީގެ ވަޒީފާއިން ވަކިކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީގެ ތިން ދާއިރާ ތަމްސީލުކުރައްވާ، ތިން މެންބަރުން ކަމަށްވާ، އިބްރާހިމް ދީދީ (އައިބީ) އާއި އިސްމާއިލް ނިޒާރުގެ އަދި އަހުމަދު އަޒާން މަރުޒޫގު ގެ އެދުމުގެ ވެސް ދަށުންނެވެ. އަދި މިކަމަށް ތުހުމަތުކުރައްވާ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ވާހަކަދައްކަވާފައެވެ.

އެކަމާ ދެކޮޅަށް މިއަދު ކުރެވެމުންދާ މުޒާހަރާގައި ފެނަކައިން ވަކިކުރި އެ މުވައްޒަފުންނާއި، އައްޑޫ ސިޓީގެ ކައުންސިލަރުން އަދި އޭގެއިތުރުން އެސިޓީގެ އާންމު ބައެއް ރައްޔިތުންވެސް ދަނީ ބައިވެރިވަމުންނެވެ.your imageއައްޑޫ ފެނަކައިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިންމޭޔަރު ނިޒާރު މީޑިއާގައި ވިދާޅުވެފައި ވަނީ، ވަޒީފާއިން ކަނޑާލާފައި ވަނީ އައްޑޫ ފެނަކައިގައި މަސައްކަތްކުރާ ސުޕަވައިޒަރު ލެވެލްއަށް ވުރެ ދަށް ފަންތީގެ މުވައްޒަފުން ކަމަށާ، އެކަމާދެކޮޅަށާއި މި ސަރުކާރުން އައްޑޫސިޓީގެ ތރައްގީއަށާއި ރައްޔިތުންނަށް ވަމުންއަންނަ އިހުމާލުތަކާ ދެކޮޅަށް އެ ސިޓީގެ ރައްޔިތުން މުޒާހަރާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގެންދަނީ ވަޒީފާއިން ވަކިކުރަމުން ކަން ފާހަގަކޮށްލެވެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާއެކެވެ.

ކޮމެންޓް