
މިދިޔަ މަހު ތަސްދީގުކުރި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި، މާލެ އާއި ހުޅުމާލޭގެ ޓްރެފިކް ކަންކަމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދަން ޖެހެއެވެ.
އެ އޮފީހުގެ ވެރިޔަކަށް ކަސްޓަމްސްގެ މާނިއު އައްޔަނު ކުރިކަން އޭނާ ވަނީ މީޑިއާތަކަށް ޔަގީންކޮށް ދީފަ އެވެ. އެހެންނަމަވެސް މިކަމުގެ ތަފްސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މި ސަރުކާރުގައި މާނިއު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލަކަށެވެ. 2023 ނޮވެމްބަރު 20 އިން 2024 ޖުލައި 22 އަށް އޭނާ އެ މަގާމު ފުރުއްވި އެވެ. އެ މަގާމުން އޭނާ ވަކި ކުރުމަށްފަހު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރުމުން ދެ ދުވަހެއްގެ ތެރޭގައި އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި؛
މާލެ ސަރަހައްދަށް ހާއްސަ އެ އޮފީސް ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.




