ހދ.ހިރިމަރަދޫ.-- ފޮޓޯ: ފޭސްބުކް | މުޙައްމަދު އަރުޒަމް
ފަޅުރަށަކަށް ކަނޑައެޅި ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން
ހަސަން އިބްރާހީމް 21 ސެޕްޓެމްބަރ 2026 (ހޯމަ)   12:00
ރައީސް މުއިއްޒު އެމަނިކުފާނުގެ ގަރާރަކުން ހުސްވި 2025 ވަނަ އަހަރު، ފަޅުރަށެއްކަމަށް ކަނޑައެޅި ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަންކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އެރަށު ޖުވައިރިޔާ އުސްމާނާއި، އައިޝަތު ޖުވައިރިޔާ އަށް 20،000ރ. ގެ މުސާރަ ލިބޭ ޕޮލިޓިކަލް ޑިރެކްޓަރުކަމުގެ މަގާމު ދީފައި ވާއިރު، ތެރެއިން ޖުވައިރިޔާ އުސްމާނަށް މަގާމު ދީފައިވަނީ، އޮގަސްޓު 27 ގައެވެ. އަދި އައިޝަތު ޖުވައިރިޔާއަށް ސެޕްޓެމެްބަރު 6 ވަނަ ދުވަހު މަގާމު ދީފައިވާ ކަމަށް ވެސް ލިޔެކިޔުންތަކުން ފެންނަން އެބައޮތެވެ.

އެ ދެ މީހުން ވެސް ޔޫތު މިނިސްޓްރީއަށް އައްޔަނުކޮށްފައިވީ ނަމަވެސް، ވަޒީފާ އަދާކުރަން ޖެހޭ ކަމަށް ވަޒީފާގެ ލިޔުމުގައި ކަނޑައަޅާފައި ވަނީ ހިރިމަރަދޫ ކަމަށެވެ.

މި ދެމީހުންގެ އިތުރުން ވެސް ހިރިމަރަދޫ އެހެން މީހަކަށް ވެސް މިފަދަ މަގާމެއް ދިންކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް އެމީހާގެ މައުލޫމާތު އަދި ވަނީ ކަށަވަރު ނުވެފައެވެ.

މި ސަރުކާރުން ވަޒީފާ ދިންކަމަށް މައުލޫމާތުލިބޭ ތިން މީހުންނަކީ ވެސް ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ އެކްޓިވިސްޓުންނެވެ.

ކޮމެންޓް