ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު
ހޮސްޕިޓަލުތައް ހިންގަން އާ ކުންފުންޏެއް އުފައްދައި، ކުރީގެ ބޯޑުތައް އުވާލައިފި
ހަސަން އިބްރާހީމް 3 ނޮވެމްބަރ 2026 (އަންގާރަ)   10:13
ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވަނިން ބޯޑު އުވާލާ، އެމްޓީއެޗުޖީ (މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް) ގެ ނަމުގައި ސަރުކާރުން އާ ކުންފުންޏެއް އުފައްދާފައިވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލު ގެނައީ ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތައް އެއް ގަވަނިން ބޯޑެއްގެ ދަށުން ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުމަށެވެ.

މި ބަދަލާ އެކު އުވާލާފައިވަނީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއާއި، ކުޅުދުއްފުށި، އުނގޫފާރު، ގަން، ޑރ. އަބްދުއްސަމަދު މެމޯރިއަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑުތަކެވެ.

އަދި އަލަށް އުފެއްދި އެމްޓީއެޗުޖީގެ ޗެއާޕާސަނަކަށް ޑރ. އަބްދުލްއަޒީޒު ޔޫސުފް އަދި ވައިސް ޗެއާޕާސަނަކަށް ހުސެން ސަލީމް ވަނީ ހަމަޖައްސާފަ އެވެ. މި ބޯޑު ހިންގާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވާ ގޮތަށެވެ.

ކޮމެންޓް