އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުން ކުރިއަށްދަނީ - ފޮޓޯ: ސޯޝަލްމީޑިއާ
އެލްޖީއޭ ބޯޑަށް މެންބަރުން ހޮވުމުގެ ވޯޓުލުން މިއަދު ކުރިއަށް އެބަދޭ
ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00އިން ހަވީރު 4:00އަށް
ހިޝާމް ހާރޫން 31 އޮކްޓޯބަރ 2026 (ހޮނިހިރު)   15:30
އެލްޖީއޭ (ލޯކަލް ގަވަމަންޓް އޮތޯރިޓީ) ގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިޔުޑީސީ (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ) ގެ މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 ޖެހުމާ ހަމައަށް ކުރިއަށްދާ މި އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީ އަދި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންނެވެ.

އެލްޖީއޭ ބޯޑުގެ ކައުންސިލަރުންގެ ގޮނޑިއަށް ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އަދި އެމްޑީޕީގެ ފަރާތުން ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރެވެ. މީގެއިތުރުން ޑަބްލިއުޑީސީ ރައީސުންގެ ތެރެއިން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އާއި ޕީއެންސީގެ ފަރާތުން ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 807 މީހަކަށް ލިބިފައިވާއިރު، ވޯޓުލުން 19 އަތޮޅެއްގައި ކުރިއަށްދެއެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބުކުރުން ކުރިއަށް މިގެންދަނީ، މިދިޔަ އޮގަސްޓު މަހު އިންތިހާބު  ބާއްވަން ނިންމުމަށްފަހު، އެ އިންތިހާބު ނުބާއްވައި ދިގުލައިގެންދިޔުމުން އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ކޮމެންޓް