
ފުލުހުން ބުނީ އެ މީހާ ޚަބަރު ހުސްވެފައި ޕިކަޕު ތެރޭގައި އޮތްކަމުގެ މައުލޫމާތު ލިބުމާއެކު، އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
އެއީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
"މާލެ، ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ހަބަރު ހުސްވެފައިއޮތް މީހަކު އޮތްކަމުގެ މައުލޫމާތު 2026 ނޮވެންބަރު 09 ވަނަ ދުވަހުގެ ހެނދުނު 09:17 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ. އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި،" ފުލުހުން ބުންޏެވެ.
މި މަރުގެ މައްސަލައިގައި ޝައްކު އުފެދޭ އެއްވެސް ކަމެއް އޮތް ކަމެއް މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




