ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: ޕޮލިސް
ފުލުހުންގެ ކޯސްތަކުގައި، މާއްދާއެއްގެ ގޮތުގައި އިހުތިރާމް ހިމަނަނީ
މަރްޔަމް މުޙައްމަދު 15 ނޮވެމްބަރ 2026 (އާދީއްތަ)   20:14
ފުލުހުންނަށް ދޭ ތަމްރީނުތަކާއި ކޯސްތަކުގައި އިހުތިރާމް ކުރުމުގެ މާއްދާއެއް ހިމެނުމަށް ނިންމަވާފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ މުއާމަލާތެއްގައި އަދި ރައްޔިތުންނަށް ހިދުމަތްދިނުމުގައި ވެސް އިހުތިރާމަކީ ކޮންމެ ފުލުހަކު ބަހައްޓަންވާނެ ސިފައެކެވެ.

އަސާސީ ތަމްރީނުތަކާއި އަމަލީ އަދި ފަންނީ ހުރިހާ ތަމްރީނުތަކެއްގައި ވެސް މި މޮޑިއުލް ހިމަނާނެ ކަމަށާ،މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމާ، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާ، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ރީތި އާދަތައް އާލާކުރުމަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން، އިހުތިރާމް ކުރުމާ ބެހޭ ގޮތުން ބޮޑު ފެންވަރެއްގެ މަސައްކަތެއް ހިންގަން ނިންމާފައިވާއިރު، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އާންމުންނަށް ފައިދާހުރި ރަނގަޅު އާދަތައް އިއާދަކުރުން ކަމަށް ވެސް  ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު މިއަދު ވިދާޅުވިއެވެ.

ކޮމެންޓް