
މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ ހުށަހަޅާފައި ވާއިރު، އެ ދައުވާ ލިބޭ ފަރާތް، މޭޔަރު ސައުދު ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.
ދައުލަތުން ހުށަހެޅި ހެކިތައް ރައްކާތެރިކުރުމުގެ އަމުރެއް ވެސް މައްސަލަ ބައްލަވާ ގާޒީ ނެރެދެއްވާފައި ވާއިރު، މީގެ އިތުރުން، ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމަށް ވެސް ކޯޓުން ވަނީ ފުރުސަތު ދީފައެވެ.
މި މައްސަލައިގައި އިތުރު އަޑުއެހުމެއް ޑިސެމްބަރު 13، ގައި ބޭއްވުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
މި މައްސަލައިގައި މޭޔަރު ސައުދަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރައްވާފައި ވާއިރު، މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ، މައްސަލަ ދިރާސާކޮށް ވަކީލެއް އައްޔަންކުރުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާތީ، ޖަވާބުދާރީވުމަށް އިތުރު މުއްދަތެއް ނުދެވޭނެ ކަމަށެވެ.
ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށްޓަކައި މަރުވެފައިވާ މީހުންނާއި އެހެން ރަށްރަށުގައި ރަޖިސްޓަރީވެފައިވާ މީހުންގެ މައުލޫމާތު ހިމަނައިގެން ދޮގު ލިސްޓެއް ވަނީ އެލްޖީއޭއަށް ހުށަހަޅާފައިވާ ކަމަށް މި މައްސަލައިގައި ޕީޖީ އޮފީހުން ތުހުމަތުކުރެއެވެ.




