
ހައި ކޯޓުން މައުލޫމާތު ދިން ގޮތުގައި، މިއަދު މެންދުރު 13:15 އަށް ތާވަލުކޮށްފައި އޮތް މި އަޑުއެހުން ކެންސަލްކުރަން ޖެހުނީ އިދާރީ ސަބަބަކާ ހުރެއެވެ. ނަމަވެސް އެއީ ކޮން ސަބަބެއް ކަމެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ސާހިދު ހައްޔަރުކުރުމާ ގުޅިގެން، އެ އަމުރު އިސްތިއުނާފުކުރުމަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ ނޮވެމްބަރު 4 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ފުލުހުން ސާހިދުގެ މައްޗަށް ތުހުމަތުކުރަނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން އެކި ފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ސާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.




