އީރާނުގެ މިސައިލްތަކެއް ތެހެރާނުން ފޮނުވާލަނީ - ފޮޓޯ: ރޮއިޓަރޒް
އީރާނުން ބަހުރައިނަށް ހަމަލާދީފި
ސައުދީން އެހީވާ ޔަމަނުގެ ފައުޖުތައް ޖެހުނީ ފަހަތަށް
ހަސަން އިބްރާހީމް 16 ނޮވެމްބަރ 2026 (ހޯމަ)   09:59
އީރާނާއި އެ ގައުމުގެ ބައިވެރިން، އެމެރިކާއަށާއި ގަލްފުގެ ގައުމުތަކަށް ދެމުންދާ ފިއްތުންތައް ވަރުގަދަކޮށް ބަހުރައިނަށް ހަމަލާދީފިއެވެ.

އެގޮތުން އީރާނުގެ ޑްރޯންތަކުން ބަހުރައިނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމާ ގުޅިގެން، ޔަމަނުގެ މުހިންމު ސަރަހައްދުތަކުން ސައުދީގެ އެހީތެރިކަން ލިބޭ ފައުޖުތައް ވަނީ ފަހަތަށް ޖެހިފައިކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މި ފިޔަވަޅަކީ ވެރިރަށް އަދަން އާއި ކައިރީގައިވާ ސަރަހައްދުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އަސްކަރިއްޔާއިން ބުނެފައިވެ އެވެ. ނަމަވެސް މިއީ ހޫތީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާއާއެކު އޮތް މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ އީރާނުން ބަހްރައިންގެ ބިމަށް ހަމަލާދެމުންދާ ކަމަށް ބަހްރައިންގެ ފޮރިން މިނިސްޓްރީން ވެސް ހާމަކޮށްފައި ވާއިރު، ބަހްރައިންގެ ރިފާ ވައިގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ދިން މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި ގައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި އެހެން ގައުމުތަކުގެ ބިންތައް ބޭނުންކޮށްގެން ސިޔާސީ ނުވަތަ އަސްކަރީ އެހެން ކަންކަން ހައްލުކުރުމަށް ކުރާ މަސައްކަތްތައް ބަހްރައިނުން ގަބޫލުނުކުރާ ކަމަށާ، މި ހަމަލާތަކުގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް