
މިއަދު ހެނދުނު 9:00 ގައި ފަށާ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތް ސުވާލަކީ؛
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން ޗައިނާގެ އެހީ ހަމަޖެހިފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވާފައި. މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާނީ ކިހާތާކުތޯ؟ އަދި، މި މަސައްކަތް ނިންމަން ރާވާފައިވާ ގޮތަކީ ކޮބައިތޯ؟ އަދި، އިންތިހާއަށް ތޮއްޖެހިފައިވާ މި މާލޭގެ ޓްރެފިކް ފްލޯއަށް ބާރު ކުޑަވާނެ ގޮތަށް މި މަސައްކަތްކުރަން ރާވާފައިވާ ގޮތަކީ ކޮބައިތޯ؟
ދެވަނައަށް ކުރައްވާ ސުވާލަކީ؛
ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު މިހާރު ހަދަމުންދަނީ ކުލީގެ އެއްބަސްވުމަކަށްވާތީ، މި އެއްބަސްވުމުގެ ދަށުން ރަށްވެހިންގެ ރަޖިސްޓަރީ ހައްދައިނުދެވޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ. ވީމާ، މިހާރު ހަދާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތަކަށް ނިސްބަތްކޮށް ރަށްވެހިންގެ ރަޖިސްޓަރީ ނުހެދޭނެނަމަ، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަމަށް ދެން ވާނީ ކިހިނެއްތޯ؟
ތިން ވަނަ އަށް ކުރައްވާ ސުވާލަކީ؛
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ޢިމާރާތްކުރާ 4000 ފްލެޓަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދެއްކުމުގައި އެއްވެސް ލުޔެއް ދިނުމަށް ނިންމާފައިވޭތޯ؟
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސުވާލު ތަކަކީ މިދިޔަ އަހަރު އޮގަސްޓް މަހު މަޖިލީހަށް ހުށަހެޅި ސުވާލުތަކެކެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެންބަރުން ސުވާލު ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ވަޒީރުން މަޖިލީހަށް ޖަވާބުދާރީ ވާން ޖެހެއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ވަޒީރުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާ "ފިއްލަވައިގެން" އުޅުއްވާ ކަމަށް ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.




