
ބައްދަލުވުމަށްފަހު އެ ބައްދަލުވުމާ ގުޅޭގޮތުން ޝާހިދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އައްޑޫގެ ތަރައްގީއާއި، އެ ސިޓީގެ ރައްޔިތުން އެމްޑީޕީގެ ވެރިކަމަކަށް ކުރާ އުންމީދާއި، ރައްޔިތުންގެ ތަސައްވުރާ ބެހޭ ގޮތުންނެވެ.
"އައްޑޫ ރައްޔިތުން އެދިތިބީ އެމްޑީޕީގެ ވެރިކަމަށް. އައްޑޫ ރައްޔިތުން ބޭނުމީ ތަރައްގީ. އެ ތަރައްގީ ގެނެސްދޭނީ އެމްޑީޕީ." ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްގެ އިތުރުން އެ ޕާޓީގެ ނައިބް ރައީސް ހިސާން ހުސައިންވެސް ބައިވެރިވެވަޑައިގަތެވެ.
ޝާހިދު، މި ސިލްސިލާ ބައްދަލުވުންތައް ބާއްވަވަމުން މި ގެންދަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނު ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.




