ދެ ސައިކަލް އެކްސިޑެންޓްވެފައި: ހުޅުމާލެ ވިނަރެސް ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާ ކަން ފާހަގަ ކުރެވޭ.--
ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
10 ސެޕްޓެމްބަރ 2026 (ބުރާސްފަތި)   09:12
ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގުގައި ހުންނަ ވިނަރެސް 5 އިމާރާތް ކައިރީގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ހެނދުނު މީޑިއާއަށް މައުލޫމާތުދިންގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ 23:05 އެހައިކަންހާއިރު އެވެ.

އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ސައިކަލުތަކުގެ ފަހަތުގައި ތިބި މީހުންނަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާ ކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް