
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް ޕްރޮކިއުމަންޓްއިން އެކުލަވާލި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ޗެއާޕާސަންއަކީ މުހައްމަދު ޝިފާހު ކަމަށް ވާއިރު، އެ ބޯޑުގައި، ދެން ތިއްބަ ވަނީ އެންވަރުމަންޓް މިނިސްޓްރީގެ އަޖުވަދު މުސްތޮފާ އާއި، ހޯމްލޭންޑް ސެކިއުރިޓީގެ ޑރ. ކިނާނަތު އަދި ޕްރައިވެޓް ސެކްޓާއިން ޑރ. މުހައްމަދު އާދިލްގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ފާތުމަތު ނުޒުހާ އާއި ޕްރޮވެޓް ސެކްޓާއިން މާޝާ ލުތުފީއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ "ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ޕަބްލިކް ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމުގެ މަގުސަދުގައި 23 ފެބްރުއަރީ 2020 ގައި އުފައްދާފައިވާ ބޯޑެކެވެ.
މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހިނގަނީ އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައިކަން ކަށަވަރުކުރުމާއި، ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލައި އިސްލާހުކުރުން ހިމެނެއެވެ.
މީގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުން މުދަލާއި ހިދުމަތް ހޯދުމުގައްޔާއި ކޮންޓްރެކްޓްތައް ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ މޮނިޓަރކޮށް، މުޅި ޕްރޮކިއުމަންޓް ނިޒާމުގެ ހިންގުން އިތުރަށް ހަރުދަނާކުރުންވެސް މި ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.




