ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން - ފޮޓޯ: އެންޑީއެމްއޭ
ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހިޝާމް ހާރޫން 23 އޮކްޓޯބަރ 2026 (ހުކުރު)   18:11
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއްް ހިންގައިފިއެވެ.

އެންޑީއެމްއޭ (ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ) އިން ބުނީ މިއަދު ހަވީރު ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ފުލެޓުގައި ދިރިއުޅެމުންދިޔަ މީހުން ވަގުތީ ހިޔާތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވާއިރު، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން އެތަނުގައި އުޅުނު ހަތަރު މީހަކަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތު ދެއެވެ.

ކޮމެންޓް