ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވުން.--
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ އަނދަނީ
ފިޔެސް 25 އޮކްޓޯބަރ 2026 (އާދީއްތަ)   09:17
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވުމާއެކު އެމްއެންޑީއެފް އިން އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:00 ގައި ކަމަށެވެ. އެ ވަގުތުން ފެށިގެން ނޮދަން އޭރިއާގެ ސިފައިން ފުނަދޫއަށް ދަތުރު ކުރަމުންދާއިރު، އެ ރަށު އެއާޕޯޓުގެ ފަޔާ ފައިޓާސް ދަނީ މިވަގުތު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

"ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފައި. ނޮދަން އޭރިއާގެ ސިފައިން މިހާރުދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުން. އެއާޕޯޓުގެ ފަޔާ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނިގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އެހެންކަމާއެކު އެ ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ހުސްކޮށްފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. 

އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

ކޮމެންޓް