
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އައިއެމްޑީ އިން ހާމަކޮށްފައިވާ ގޮތުގައި، މި ތޫފާނުގެ މައިގަނޑު ބާރުގަދަކަން ހުރީ އަންދްރަ ޕްރަދޭޝްއާ ދިމާލަށް ކަމަށްވީ ނަމަވެސް، ވެސްޓް ބެންގަލްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުން އެބަދެއެވެ.
މި ތޫފާނާ ގުޅިގެން ވެސްޓް ބެންގަލްއަށް ކުރަމުންދާ އަސަރުތަކުގެ ތެރޭގައި، ބޯކޮށް ވާރޭވެހުމާއެކު ވައިގަދަވެ ވެސްޓް ބެންގަލްގެ މަޝްހޫރު އައްސޭރިފަށުގެ ރަށެއް ކަމަށްވާ ދީގާވއަދި އެހެނިހެން ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު ކަނޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
އެގޮތުން، އޮކްޓޫބަރު 28 އިން 30 އަށް ވެސްޓް ބެންގަލްގެ ދެކުނު ސަރަހައްދުތައް ކަމަށްވާ ސައުތު 24 ޕަރްގާނަސް، ޕުރުބާ އަދި ޕަސްޗިމް މެދިނިޕޫރު، އަދި ކަލްކަތާ ހިމެނޭ ގޮތަށް ގިނަ ޑިސްޓްރިކްޓްތަކަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އެލާޓް ވެސް ވަނީ ނެރެފައެވެ.
އެއާއެކު، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވެސްޓް ބެންގަލްއާ އެހެން ސްޓޭޓްތަކާ ގުޅުވައިދޭ ބައެއް ރޭލު ދަތުރުތައް ވެސް ކެންސަލްކޮށްފައި ވާއިރު، ބާރުގަދަ ބާނިތައް ކަނޑުން ނަގަމުން ގޮސް އެކަމުގެ ސަބަބުން ކޯރުތަކުގެ ލެވެލް މަތިއްވެ، ބައެއް ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެދާނެތީ ކަމާބެހޭ އިދާރާތަކުން ތައްޔާރީ ހާލަތެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.




