އައްޑޫ ލިންކްރޯޑު މައްސަލާގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން - ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ލިންކް ރޯޑު މައްސަލާގައި މުޒާހަރާ ކޮށްފި
ހަސަން އިބްރާހީމް 30 އޮކްޓޯބަރ 2026 (ހުކުރު)   23:07
އައްޑޫ ސިޓީގެ މައި ލިންކު ރޯޑަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެ ސިޓީގެ ޒުވާނުން އިސްނަގައިގެން މިއަދު ބޮޑު އިހުތިޖާޖެއް ފަށައިފިއެވެ.

މި އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ލިންކު ރޯޑުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކުގެ ސަބަބުން އެ މަގުން ދަތުރުކުރާ އުޅަނދުތައް ހަލާކުވެ، އާންމުންނަށް އުނަގަނޑާއި މައިބަދައިގެ ވޭން ލިބޭވަރު ވެފައިވެއެވެ.

އަދި ލިންކު ރޯޑުގެ މަސައްކަތް އަވަހަށް ފެށުމަށާއި، ޒިންމާ ނުނެގޭނަމަ ރައީސާއި ދާއިރާގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެ އިހުތިޖާޖުގެ ވީޑިއޯތަކާއި ފޮޓޯތައް، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ، ލިންކްރޯޑުގައި ދުއްވުމުން އުނަގަނޑާއި މައިބަދަ ބިނދިއްޖެ ކަމަށާ، އަގު ބޮޑު އުޅަނދުތައް ހަލާކުވެެއްޖެ ކަމަށެވެ.

އަދި ސަރުކާރުން އެ މީހުން ދައްްކާ ވާހަކަ އަޑުނާހާ ކަމަށާ، ކޮންމެ އަހަރަކު ވެސް ލިންކްރޯޑު ހެދުމަށް ބަޖެޓުގައި ޖެހި ނަމަވެސް އެ މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށް ވެސް ބައިވެރިން ބުނެއެވެ.your imageއައްޑޫ ލިންކްރޯޑު މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން - ފޮޓޯ: ސޯޝަލް މީޑިއާއައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ، ލިންކު ރޯޑު ތަރައްގީކުރުމުގެ މަސައްކަތް ކުރިން އާރުޑީސީއާ ހަވާލުކޮށްފައިވަނިކޮށް، ފަހުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް އަދިވެސް އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.

ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮތް މި މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން، ގަޑިއަށް ޑިއުޓީއަށް ދިއުމަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

ގާތްގަނޑަކަށް 16 ކިލޯމީޓަރުގެ ދިގު މި މަގު ހެދުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށް އެ ސިޓީގެ ރައްޔިތުން ގޮވާލަމުން އަންނައިރު، އެ ލިންކުރޯޑު ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ސަރުކާރުގެ ކުންފުނި އާރުޑީސީއާ ހަވާލުކުރިއެވެ.

ނަމަވެސް މިދިޔަ މަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރުމަށް، އާރްޑީސީ އަތުން ނަގައި ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައެވެ.

ކޮމެންޓް