އަންނަ ހުކުރުދުވަހުގެ ރޭ ބޮޑު ރެލީއެއް ބާއްވާނެކަމުގެ އިންޒާރު ގައުމީ ހަރަކާތުން ދީފި
"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ރޭ ވަނީ އެ ހަރަކާތަށް ހާއްސަ ލޯގޯއެއް ވެސް ތައާރަފްކޮށްފައި
ހިޝާމް ހާރޫން 8 ނޮވެމްބަރ 2026 (އާދީއްތަ)   11:00
މިމަހުގެ ތޭރަ ވަނަ ދުވަހު (މިއަންނަ ހުކުރުދުވަހު) ގެ ރޭ، މާލޭގައި ބޮޑު ރެލީއެއް ނުވަތަ އިހުތިޖާޖެއް ބާއްވާނެ ކަމުގެ އިންޒާރު "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން މި ސަރުކާރަށް ރޭ ދީފިއެވެ.

އެ ހަރާތުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުން ކަމުގައިވާ ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތުލަތު ޕާތީގެ ކުރީގެ ލީޑަރު ޝެއިޚް އިމްރާން އާއި، ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރްގެ އިތުރުން، ޕީއެންއެފްގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ބައިވެރިވި ވަޑައިގެންނެވި މި ކުއްލި ހަރަކާތުގައި ރޭ ވަނީ އެ ހަރަކާތަށް ހާއްސަ ލޯގޯއެއް ވެސް ތައާރަފްކޮށްފައެވެ.your image"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ރޭ ބޭއްވި ކުއްލި އެއްވުމުގެތެރެއިން - ފޮޓޯ: ފިޔެސްދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުގެ ރޭގެ އެއްވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް ވިދާޅުވީ، އަންނަ ހުކުރުދުވަހުގެ ރޭ ބާއްވާ އެ ބޮޑު އެއްވުމުގައި އިސްލާމް ދީނަށާއި، މި ގައުމަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާ، އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެރޭގެ އަށްގަޑި ބައިގާ ކަމަށް ވާއިރު، އެއްވުން އޮންނާނެ ވަކި ތަނެއް އަދި އިއުލާންކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ހުރިހާ ދިވެހި ރައްޔިތުން، ހުރިހާ ދިވެހި ރައްޔިތުން ހަމަ ކުޑަ ހިނދުކޮޅަކަށް، ތޭރަ ނޮވެމްބަރު ވާ ހުކުރުދުވަހުގެ ރޭ އަށްގަޑި ބައިގާ އަޅުގަނޑުމެންގެ މި ރެލީގައި ބައިވެރިވެ ވަޑައިގަންނަވާށޭ. ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރު ވާނީ، ހަމަ ބައިވެރިވެ ސުލްހަވެރިކަމާއެކު ސަރުކާރުން މި ހިންގާ މަޝްރޫއު ނުވަތަ ސަރުކާރުން މި ކުރަން އުޅޭ، އީގަލް ހިލްސްއަށް ރަސްމާލެ ހިލޭ މި ދޭންއުޅޭ ދިނުމާ ދެކޮޅުކަން، ރައްޔިތުންގެ ބަހެއް ނެތި ދިނުމާ ދެކޮޅުކަން ބުނެދިނުމަށްޓަކާ ބައިވެރިވެދެއްވާށޭ." – މައުރޫފް ޒާކިރްyour image"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ރޭ ބޭއްވި ކުއްލި އެއްވުމުގެތެރެއިން - ފޮޓޯ: ފިޔެސްގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ރޭގެ އެއްވުމުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް މިހާރުވެސް އޮތީ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރުގެ އަތްދަށުގައި ކަމަށާ، އަދި ހުރިހާ މިނިސްޓަރުން ވެސް ތިއްބެވީ އެ ކުންފުނީގެ ދަށުގައި ކަމަށެވެ.

ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް އުނި ކަމެއް އަންނަ ކަމަށް ވާނަމަ އެކަމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށް  ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވާކަން ފާހަގަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ އުނިކަމަކީ، ނުވަތަ މި ސަރަހައްދަށް އަންނަން އުޅޭ ބޮޑު ބަދަލަކީ މި ދިވެހި ފަސްގަނޑުގައި، މި ދިވެހި ގައުމުގައި ޣައިރު ދީންތަކުގެ މީހުންނަށް ވަޒަންވެރިކަން ދިނުން ކަމަށާ، ދުވަސްކޮޅެއް ފަހުން އެމީހުން ވަޒަންވެރިވުމާ ގުޅިގެން ލިބޭ އެތައް ބައިވަރު ހައްގުތަކެއް ފެންނާނެ ކަމުން، އެމީހުންނަށް މިތަނުގެ ވަޒަންވެރިކަން ލިބުމަކީ ވަރަށް ބޮޑު ނޭދެވޭ ބަދަލެއް މި ގައުމަށް އަންނާނެ ކަމެއްކަމަށެވެ.

ބޭރު ދީންތަކުގެ އަހުލުވެރިން ރާއްޖޭގެ ވަކި ސަރަހައްދެއްގައި އުޅެން ފެށުމާއެކު ހުރިހާ ކަމެއް ވެސް ބަދަލުވެގެންދާ މަންޒަރު ފެންނާނެ ކަމީ ކަށާވަރުކަމެއް ކަމަށް އަލީހުސެއިން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ވިދާޅުވީ، މިހާރު ވެސް އޭގެ މިސާލުތައް ފެންނަމުންދާއިރު، މިއަދު އެ ފެންނަ މަންޒަރުތަކުން މިކަން ކުރިއަށް ގެންގޮސްފިނަމަ ރާއްޖޭގައި އާންމުވެގެން ދާނެ އެތަކެއް މަންޒަރުތަކެއް ފެންނައިރު މިއީ މިކަމާ ދެކޮޅުވާން ޖެހޭ މައިގަނޑު ސަބަބު ކަމަށެވެ.your image"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ރޭ ބޭއްވި ކުއްލި އެއްވުމުގެތެރެއިން - ފޮޓޯ: ފިޔެސް"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ރޭ ބޭއްވި ކުއްލި އެއްވުން ނިންމާލަމުން އެ ހަރަކާތުން އެދިފައިވަނީ، ވީހާވެސް ގިނަ ރައްޔިތުން އެ ބޭފުޅުންގެ ސޯޝަލްމީޑިއާގައި ބޭނުންކުރާ ޕްރޮފައިލް ފޮޓޯގައި އެ ހަރަކާތުގެ ލޯގޯ ބޭނުންކުރުމަށާއި، އަދި އެކިއެކި ޕްލެޓްފޯމްތަކުގައި ވީހާވެސް ގިނައިން އެ ލޯގޯއާއި އެ ހަރަކާތުން ކުރިއަށްގެންދާ އެންމެހާ ކަންކަން ހިއްސާކޮށްދިނުމަށެވެ.

އަދި މީގެ އިތުރުން ވެސް ރޭގެ ހަރަކާތް ނިންމާލާފައިވަނީ އިސްލާމް ދީނާއި ގައުމީ ވަހުދަތު މި ގައުމުގައި ދެމެހެއްޓެވުމަށާއި، އަނިޔާވެރި ވެރިންގެ އަތްދަށުން މި ގައުމު ސަލާމަތްކުރެއްވުމަށް އެދި ކުރެވުނު ހާއްސަ ދުޢާއަކުންނެވެ.

ކޮމެންޓް