
މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހާދިސާ ހިނގިތާ ބައިގަޑިއިރެއްހާއިރު ފަހުން ނެޝަނަލް ޑިޒާސްޓަރ އޮތޯރިޓީން ހާމަކުރީ؛
"ހުޅުމާލެ ފޭސް 1 ގައި ހުންނަ މެރިނޭޓް ކެފޭގައި ގޭސްފުޅިއެއްގައި ރޯވެ 4 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން މަޢުލޫމާތު ދެއްވާ. އަދި މިހާދިސާ އެ ކެފޭގެ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވޭ."




