އީރާންގެ ގަޝްމް ސަރަހައްދުގެ ބޭރު ކަނޑުމަތި - ފޮޓޯ: ރޮއިޓާޒް
އީރާނަށް ދިން ހަމަލާތަކާއެކު ތެލުގެ އަގު އުފުލިއްޖެ
މިއީ ސަރަހައްދުގެ މަސްރަހު އަލުން ހޫނުވެ، ތެލުގެ ސަޕްލައި ނިޒާމަށް ބުރޫއަފާނެ ކަމުގެ ބިރުވެރިކަން ބޮޑުވުމާ ގުޅިގެން ދިމާވި ކަމެއް ކަމަށް ބެލެވޭ
މަރްޔަމް މުހައްމަދު 3 ނޮވެމްބަރ 2026 (އަންގާރަ)   10:36
އީރާނަށް އަމާޒުކޮށް އެމެރިކާ އިން ދިން ވައިގެ ހަމަލާތަކާ އެކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

އެމެރިކާއިން ވައިގެ ހަމަލާތަކެއް ދިނީ އީރާންގެ ގަޝްމް ސަރަހައްދުގައި ހުރި މިސައިލް ލޯންޗުކުރާ ތަންތަނަށް ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އީރާންގެ ދައުލަތުގެ ޓީވީން ވެސް އެ ސަރަހައްދުގައި ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައި ވާއިރު، އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި، އަދި ރާއްޖެ ހިމެނޭ އޭޝިއާގެ ވިޔަފާރީގެ ބާޒާރުތަކުގައި ވެސް ތެލުގެ އަގު އުފުލިފައި ވާއިރު، މިއީ ސަރަހައްދުގެ މަސްރަހު އަލުން ހޫނުވެ، ތެލުގެ ސަޕްލައި ނިޒާމަށް ބުރޫއަފާނެ ކަމުގެ ބިރުވެރިކަން ބޮޑުވުމާ ގުޅިގެން ދިމާވި ކަމެއް ކަމަށް ގިނަ މީޑިއާތަކުން ބުނެއެވެ.

ކޮމެންޓް