
ހުޅަނގު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް ބުނެ، މި މަހުގެ 7 އިން 11 އަށް މޫސުން ގޯސްވާނެތީ، ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި ވާއިރު، މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމުން، ގޭގޭގެ ފެންވަންނަ ސަރަހައްދުގައި ވެލިބަސްތާ ޖެހުމަށާއި ކަރަންޓު ސާމާނު އުސްތަންތަނަށް ބަދަލުކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވެސް ވަނީ އަންގާފައެވެ.
އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް އިރުޝާދުދީފައި ވާއިރު، މިވަގުތު ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައި ކަން ފާހަގަކޮށްލެވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ.ފަރެސްމާތޮޑާއަށް ކަމަށް ރެކޯޑުކުރެވިފައިވާއިރު، އެ ރަށަށް 104.4 މިލިލީޓަރުގެ ވާރޭވެހިފައި ވެއެވެ.
މޫސުން ގޯސްވެ، ވިއްސާރަވެ ފެންބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިވުމަށް އާންމުން އަމަލުކުރުމަށް އެންމެ މުހިންމު ބައެއް ކަންކަން:




