
ސޯޝަލް މީޑިއާގައި ރޭ ހިއްސާކުރެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާ، ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާތަން ފެނުމުން ހިތާމަކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއީދުކުރަން ނިންމައި، އަދާލަތު ޕާޓީން އިއްޔެ ވަނީ ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މީގެ ކުރިން ވެސް އެ ޕާޓީން ނުރަސްމީކޮށް އައީ ސަރުކާރާއެކު މަސައްކަތްކުރަމުން ކަމަށާ، އެ ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާ ރައީސް މުއިއްޒު ހަމަޖައްސަވައިދެއްވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އަލީ ޒާހިރު ދެއްކެވި މި ވާހަކަތަކަށް ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީގެ ފަރާތުން ރަސްމީކޮށް އަދި އެއްވެސް ރައްދެއް ދީފައިނުވި ނަމަވެސް، އަދާލަތު ޕާޓީގެ މި ނިންމުމާ ގުޅިގެން ސިޔާސީ އެހެން ބައެއް ފަރާތްތަކާއި އާންމުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ.




