އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު، އިންވެސްޓްމަންޓް ފޯރަމް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
މިއީ އެންމެ ހީނަރު، ތަދު ތިން އަހަރު: ރައީސް ނަޝީދު
ހަސަން އިބްރާހީމް 17 ނޮވެމްބަރ 2026 (އަންގާރަ)   23:46
މިއީ އިގްތިސޯދީ ގޮތުން އެންމެ ހީނަރު، ތަދު ތިން އަހަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ދާދި ފަހުން އެމަނިކުފާނު ރާއްޖޭގެ 80 ނުވަތަ 90 އާ ގާތްކުރާ އަދަދެއްގެ ރަށްރަށަށް ޒިޔާރަތްކުރެއްވި ކަމަށާއި ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އަދި ރަށްރަށުގެ އިގްތިސާދީ ހަރަކާތްތައް މަޑުޖެހުމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ރައްޔިތުންގެ މިސްރާބު ހުރީ ރަށް ދޫކޮށް، މާލެ ސަރަހައްދަށް ޖަމާވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިގްތިސާދީ ތަނަވަސްކަމެއް ހޯދުން، ކުރިއެރުމެއް ހޯދުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު އެންމެ މަޑުދުވެލީގައި ހުރި ދުވަސްކޮޅު މިދިޔައީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށާއި މިކަމުގެ އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ ދަރަނި އަދާކުރުމުގައި އަދި ދަރަނި މެނޭޖުކުރުމުގައި ރަނގަޅު ސިޔާސަތެއް ނެތުން ކަމަށެވެ. މިދިޔަ ތިން އަހަރުތެތޭ ފިހާރަތަކުގެ ވިކުރާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އަދި ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ގޮސްފައިވާކަން ވެސް ފާހަގަކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި މިދިޔަ ތިން އަހަރު މިއީ، ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން 2008 ގައި އުފެދުމަށްފަހުގައި އައި އެންމެ ތަދު ތިން އަހަރު. އަދި އިގްތިސާދީ ހަރަކާތް އެންމެ ހީނަރު ތިން އަހަރު،" ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް