އެމްޑީޕީގެ ޗެއާޕާސަން ނަޝީދު، އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއްގެ ރިޔާސަތުގައި.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ކަންކަން ހިނގަނީ އަސާސީ ގަވާއިދު ބަޔާންކުރާ މަގުން: ނަޝީދު
19 ނޮވެމްބަރ 2026 (ބުރާސްފަތި)   09:18
އެމްޑީޕީގެ ކަންކަން ހިނގަނީ އަސާސީ ގަވާއިދު ބަޔާންކުރާ މަގުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން ނޫން ފަރާތްތަކުން ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތުން އެ ޕާޓީއާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވާފަ އެވެ.

"އެމްޑީޕީ މެންބަރުން ނޫން ބޭފުޅުން ސޯޝަލް މީޑިއާގައި އަދި އެހެންވެސް ގޮތްގޮތުން އެމްޑީޕީއަކީ ކޮބައިކަމާއި، އެމްޑީޕީ އަމަލުކުރަންޖެހޭނެ ގޮތްތަކާއި، މިފަދަ އެމްޑީޕީއާ ގުޅޭ ވަރަށް ގިނަ ވާހަކަ އެބަ ދައްކަވާ،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

ޕާޓީން ބޭރުގެ ފަރާތްތަކުން އެމްޑީޕީއަށް އަމާޒުކޮށް ފާޑުކިޔައި ވާހަކަދެއްކުމަކީ އާންމު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ނަޝީދު ވިދާޅުވީ އެކަން އޮންނާނީވެސް އެގޮތަށް ކަމަށެވެ. އަދި ދިވެހި ހަރުބަހަކުން މިސާލު ޖައްސަވަމުން ނަޝީދު ވިދާޅުވީ "މޭވާ އަޅާ ގަސްގަހަށް ގަޅި އުކާނެ" ކަމަށެވެ.

މީގެ އިތުރުން، ޕާޓީގެ ނިންމުންތަކާއި ހިންގުމުގެ އޮނިގަނޑާ ގުޅޭގޮތުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުރިހާ ކަމެއްވެސް ހިނގާނީ ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ކޮމެންޓް