
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމަނިކުފާނުގެ ރަނިންމޭޓު މާލޭގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ފޮނުއްވި އެ ސިޓީ އަމާޒުކުރައްވާފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަށެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އެ ބިލު ފާސްކޮށްފި ނަމަ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓް ބިލަކީ ވަކި ފަރާތަކާއެކު މުއާމަލާތެއް ހިންގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި، އޭގެ ބޭނުމަކީ މިހާރު ހަދާފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ދެއްކުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ސަރުކާރުން އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، އެކަމާ ގުޅިގެން ހަދަންޖެހޭ ގާނޫނުތައް ނަހަދައި އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ، އެއީ ފެށުނީއްސުރެ ބާތިލު އެއްބަސްވުމެއް ކަމަށެވެ. މީގެ އިތުރުން ބިލު ފަރުމާކުރީ ކޮން ބައެއްކަން ސާފު ނޫން ކަމަށާއި، އެކަމުގައި އީގަލް ހިލްސްގެ ދައުރު އޮތީ ކިހާ މިންވަރަކަށްކަން ވެސް ނޭނގޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި، ބިޑު ކުރުމެއް ވެސް ނެތި ސިއްރު ގޮތަކަށް ކަމަށް ފާހަގަކުރެވެއެވެ. ސަރުކާރުން ބުނަނީ އެ ބިން 99 އަހަރަށް ކުއްޔަށް ދޭ ކަމަށެވެ. ނަމަވެސް އީގަލް ހިލްސްއިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ރަސްމާލެ ލިބެނީ ދާއިމީ ގޮތެއްގައެވެ.
އެއީ 99 އަހަރުގެ މުއްދަތަށް ފަހު، ވާރުތައިން ނުވަތަ ވިއްކައިގެން އެހެން ފަރާތަކަށް ބަދަލުކުރުމާއެކު އިތުރު 99 އަހަރު ގުނަންޖެހޭ ގޮތަށް އޮންނާތީ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވިއިރު ވެސް އެކަން ފާހަގަކުރައްވާފައިވާ ކަމަށް އެ ގުޅުމުން ބުނެ އެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް އަށް ދޭން ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި، ބިޑު ވެސް ނުކޮށް، ސިއްރުވެރި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ސަރުކާރުން ބުނަނީ އެ ބިން ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ވީނަމަވެސް އީގަލް ހިލްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް އެ ބިން ލިބެނީ ދާއިމީ ގޮތެއްގައެވެ.
އެ ކުންފުނިން ބުނާ ގޮތުގައި، 99 އަހަރަށް ފަހު ވެސް ވާރުތައިން ނުވަތަ ވިއްކައިގެން އެހެން ބަޔަކަށް ބިން ދިނުމާ އެކު އަނެއްކާ ވެސް 99 އަހަރު ގުނަންޖެހޭ ގޮތަށް އޮތުމުން އެކަން އެހެން ވަނީއެވެ.
މީގެ އިތުރުން، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވިއިރު ވެސް އެކަން ފާހަގަކުރައްވާފައިވާ ކަމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ ބުނެފައެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ރަސްމާލޭގެ މަޝްރޫއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ރަސްމާލެ މަްޝްރޫއުއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ބާރުއަޅުއްވާ ވާހަކަދައްކަވާފައި ވާއިރު، ރަސްމާލެ މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު މުޒާހަރާއަށް ނުކުތުމަށް އެމްޑީޕީން ވަނީ ނިންމާފައިކަން ފާހަގަކޮށްލެވެއެވެ.
އަދި އަންނަ ޑިސެމްބަރު މަހުގެ 3 ވަނަދުވަހު، ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑުއެއްވުމެއް އަނެއްކާވެސް މާލޭގައި ބާއްވާނެކަމަށް، ރަސްމާލޭގެ ބިމުން ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެދަށުން ކުރިއަށްދާ ގައުމީ ހަރަކާތުން ވެސް ވަނީ ހާމަކޮށްފައެވެ.
މި މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ ވެސް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާފައި ވާއިރު، އެ އެއްވުމުގައި އެމްޑީޕީން ވެސް ވަނީ ބައިވެރިވެފައެވެ. އަދި އެރެއަކީ މޫސުން ވަރަށްބޮޑަށް ގޯސް ރެއެއް ނަމަވެސް، ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް އަޑު އުފުލުމަށް އެރޭ ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.




