
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި މިއަދު މެންދުރު 2:30 ގައި ވޯޓުލުން ފަށާފައިވާއިރު، ކުރިން އޮތީ މިރޭ 08:00 އާ ހަމައަށް ވޯޓުލުން ކުރިއަށްގެންދާ ގޮތަށެވެ. އެހެންނަމަވެސް ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުނީ ކަނޑައެޅި ވަގުތައް ވުރެ ލަހުން ކަމަށްވެފައި ވަގުތު އިތުރު ކުރާ ގޮތަށް ނިންމީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
"އެމްޑީޕީއިން މިހާރު ކުރިއަށްދާ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިރޭގެ 9:00 އާއި ހަމައަށް ގަޑި އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަން." އެމްޑީޕީގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ވެއެވެ.
މި އިންތިހާބުގައި އެކި ދާއިރާތަކަށް ޖުމްލަ 1612 ކެނޑިޑޭޓުން ވާދަކުރާއިރު މި އިންތިހާބުގައި ވޯޓުލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 252 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
މި އިންތިހާބުގައި މެންބަރުން ހޮވާ މަގާމުތަކަކީ:
މި އިންތިހާބުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 359 މަގާމަށް މެންބަރުން އިންތިހާބު ކުރާއިރު އެ ޕާޓީގެ އެހެނިހެން މަގާމުތަކަށް 743 މެންބަރުން އިންތިހާބު ކުރާނެއެވެ. ގައުމީ މަޖިލީހަށް 359 ކެންޑިޑޭޓުން އިންތިހާބުކުރާއިރު ގެ ތެރެއިން 86 ކެންޑިޑޭޓަކު އިންތިހާބަކާ ނުލާ ހޮވިފައިވެއެވެ.




