
ވޯޓުލާ ގިނަ މަރުކަޒުތަކުގައި ވޯޓުލުން ގަޑިއަށް ފެށި ނަމަވެސް ބައެއް ތަންތަނުގައި ގަޑިއެއްހާއިރަށް ލަސްވިއެވެ. ވޯޓުލުން ފެށުން ލަސްވީ އޮފިޝަލުން ނެތުމުންނެވެ.
އެހެންކަމުން ވޯޓުލާން ކަނޑައެޅި ވަގުތު އިތުރު 1 ގަޑިއިރު އިތުރުކުރި އެވެ.
މިރޭ 9:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔައިރު، ބައެއް ވޯޓުފޮށި ތަކުގެ ވޯޓުލުން ނިމުނުފަހުން ވޯޓު ގުނަން ނުފެށި ލަސްތަކެއްވެސް ވިއެވެ.
މުޅި ރާއްޖޭގައި ކުރިއަށްދިޔަ، މި އިންތިހާބުގެ ވޯޓު ލުމުގައި އިދާރީ އެކި މައްސަލަތައް ކުރިމަތިވެ އާންމު މެންބަރުންގެ ޝަކުވާ ވަރަށް ބޮޑުވިއެވެ.
ބައެއް ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ވޯޓުލާ ގިނަ މަރުކަޒުތަކުގައި މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ނިމޭވަރުން އިންތިޚާބުގެ ވަގުތީ ނަތީޖާ ދަނީ ހާމަކުރަމުންނެވެ.
މި އިންތިހާބުގައި އެކި ދާއިރާތަކަށް ޖުމްލަ 1612 ކެނޑިޑޭޓުން ވާދަކުރާއިރު މި އިންތިހާބުގައި ވޯޓުލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 252 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
މި އިންތިހާބުގައި މެންބަރުން ހޮވާ މަގާމުތަކަކީ:
މި އިންތިހާބުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 359 މަގާމަށް މެންބަރުން އިންތިހާބު ކުރާއިރު އެ ޕާޓީގެ އެހެނިހެން މަގާމުތަކަށް 743 މެންބަރުން އިންތިހާބު ކުރާނެއެވެ. ގައުމީ މަޖިލީހަށް 359 ކެންޑިޑޭޓުން އިންތިހާބުކުރާއިރު ގެ ތެރެއިން 86 ކެންޑިޑޭޓަކު އިންތިހާބަކާ ނުލާ ހޮވިފައި ވެއެވެ.




