މާފުށީގެ ޓޫރިޒަމް ބްރޭންޑް
މާފުއްޓަށް ހާއްސަ ޓޫރިޒަމް ބްރޭންޑެއްގެ ގޮތުގައި "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކޮށްފި
ޖުނާން އަޙުމަދު 20 ޑިސެމްބަރ 2025 (ހޮނިހިރު)   17:03
ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ތަރައްގީވެފައިވާ އެއް ރަށް ކަމުގައިވާ ކ. މާފުށީގެ ޓޫރިޒަމަށް ހާއްސަކޮށް "ހާޓް އޮފް މޯލްޑިވްސް" މާފުށީގެ ބްރޭންޑެއްގެ ގޮތުގައި ލޯންޗުކޮށްފިއެވެ.

މާފުށީގެ އާ ޓޫރިޒަމް ބްރޭންޑުގައި އެރަށުގެ ފަތުރުވެރިކަމާ ގުޅޭ އެކި ބައިތައް ހިމަނާފައި ވާއިރު، އެރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިން ބަލަހައްޓާ މި ބްރޭންޑު، ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ މީހުން ބޭނުން ކުރުމަށް ދޫކޮށްލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ބްރޭންޑު ލޯންޗުކޮށްދެއްވާފައި ވަނީ، މާފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުުގައި، ރައީސް ނަޝީދު ވިދާޅުވީ މާފުށީގައި މި ސިނާއަތް ފުުޅާވުމުގެ ސަބަބުން އެ ރަށުގެ އިގުތިސާދު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާ، އެހެންކަމުން އެ ރަށުގެ އިގުތިސާދީ މައުލޫމާތުތައް އެއްކުރުމަކީ އެކަން އެގޮތަށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހް ވިދާޅުވީ އެ ބްރޭންޑް ތައްޔާރުކުރުމުގައި ބަލާފައިވަނީ މާފުށީގެ ޓޫރިޒަމް ސިނާއަތުން ފެންނަ އެކި ކަންކަން އެއްކޮށް ދައްކުވައިދިނުމަށް ކަމަށާ، އެގޮތުން މިހާރު ރާއްޖޭގައި ކުރިއަރާފައިވާ ލޯކަލް ޓޫރިޒަމްގެ ސިނާއަތަކީ ޝަހުސެއް ކަމަށް ބަލައިފިނަމަ، އޭގެ ހިތަކަށް ވާނީ މާފުށި ކަމަށެވެ.

މި ހަފްލާގައި، މާފުށީގައި އެންމެ ފުޅާދާއިރާގައި ގެސްޓުހައުސް ވިޔަފާރި ކުރައްވާ ބޭފުޅާ އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ކަމަށްވާ ޢަބްދުﷲ ނަޝީދު އާއި، މާފުށީގައި އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވި، އެމްއެމްއޭގެ ކުރީީގެ ގަވަރުނަރު އަހްމަދު ނަސީރަކީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް