
މީގެ ދެ އަހަރު ކުރިން، މަހީރާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ 15 އޭޕްރީލް 2022 ގައި ކަމަށްވާއިރު، އޭނާ އެ މަގާމުން ވަކިކޮށްފައި މިވަނީ، އެ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ މިދިޔަ އަންގާރަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ.
އަމްޖަދު އެ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އިސްހާގު ހުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސްގެ މަގާމަށް އަމްޖަދު އައްޔަންކުރެއްވި ފަހުން މަހީރާ އެ މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.




