
އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ބުދަ ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ. ފުވައްމުލަކަށް ނިސްބަތްވާ ޒިހާން ހައްޔަރުކުރީވެސް އެ ރަށުގައި ހުއްޓައެވެ.
ޒިހާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށާއި، އެ ތަންތަނުގައި ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް، އެ ސްޓޭޓަސް ޕޯސްޓްކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ ޑިލީޓްކޮށްފައެވެ.
ހުޅުޖެހުން ފަދަ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ.
ޒިހާން ވަނީ މީގެކުރިން އެމްއެންޑީއެފްގައި ވެސް މަސައްކަތްކޮށްފައެވެ. އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ މަގާމުގައި އޭނާ ހުއްޓައި މަގާމުން ވަކިކުރީ އެމްޑީޕީ ސަރުކާރުގައި 2023 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އޭނާއަކީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ މީހެކެވެ.
މި ސަރުކާރުގައި އޭނާ ހުރީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުރުމަށްފަހު 2024 ވަނަ އަހަރު އޭނާ މަގާމުން ވަކިކުރި އެވެ. މަގާމުން ވަކިކުރުމާ އެކު ޒިހާން އަންނަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޕޯސްޓްތައް ކުރަމުންނެވެ.




