
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާ، ބަދަލުތަކެއް ގެންނަވަމުން އަންނަކަމަށެވެ.
އެގޮތުން ވިޔަފާރިތައް ކުރިއެރުވުމަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި:
ޓެކްސް އޮފްސެޓް ކުރުން:
ސަރުކާރުން އެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އާއި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް އަޅައި ކަނޑައި، ބާކީވާ ބަޔަކަށް ޓެކްސް ދެއްކުން ނުވަތަ ފައިސާ ހަމަޖެއްސޭ ގޮތަށް އޮފްސެޓް ކުރެވޭނެ އެވެ.
ޓެކްސް ތްރެޝްހޯލްޑް މަތިކުރުން:
ޓެކްސް ދައްކަންޖެހޭ ލިމިޓް ކަމަށްވާ 1 މިލިއަން ރުފިޔާ، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރާނެ އެވެ.
ރޯ މެޓީރިއަލް ޑިއުޓީ ހިލޭކުރުން:
ކުދި ވިޔަފާރިތަކުން އިމްޕޯޓްކުރާ ރޯ މެޓީރިއަލްގެ ހާއްސަ ލިސްޓަކަށް އަންނަ އަހަރުން ފެށިގެން ފަސް އަހަރު ވަންދެން އިމްޕޯޓް ޑިއުޓީ ނުނަގާ ގޮތަށް ހަމަޖައްސަވާނެ އެވެ.
ޑޮލަރުން ފައިސާ ބަލައިގަތުން:
އަންނަ ނޮވެމްބަރު މަހުން ފެށިގެން ބީއެމްއެލްގޭޓްވޭ މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގްވާމީ ބާޒާރުގައި ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. އަދި ވިޔަފާރިތަކުގެ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓުތައް ދަތިކަމެއް ނެތި ދެއްކޭނެ މަގު ތަނަވަސްވެގެންދާނެ އެވެ.
މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ހާއްސަ ލުއިތަކެއް ދިނުމުގެ މި ސިޔާސަތުގެ ދަށުން، ފުރަތަމަ ޒޯނެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅައި، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސިޓީގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި އިނާޔަތްތަކެއް ދެއްވަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ރޭ އިއުލާނު ކުރެއްވިއެވެ.
ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ މި ނިންމެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި އަމަލީ ގޮތުން ގާއިމުވެ ތިބެގެން ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ޚާއްސަ ލުއިތަކެއް ދޭނެ ކަމަށެވެ.
އެގޮތުން އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެ ލުއިތަކުގެ ތެރޭގައި:
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި މިފަދަ ލުއިތަކެއް ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ސިޓީގެ އިގްތިސޯދު ކުރިއަރުވައި، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމެވެ. އަދި އައްޑޫގައި ވިޔަފާރިތައް ފުޅާވެ، އެ ސިޓީގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިންމެވުމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކުރާނެ ކަމަށް ވެސް ރައީސް މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.




